ހދ. ކުޅުދުއްފުށީ އެއާޕޯޓަށް މިފެށޭ އޮގްސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ބުކިންގ ހެދުމުގެ ފުރުޞަތުވެސް ހުޅުވައިލާނެއެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ރަންވޭ އެޅުމަށްފަހު މަޑިއަރުވައި ކަސްރަތު ކުރުން ފަދަ ކަންކަމަށް ރައީސް ޔާމީނުގެ ސަރުކާރުން ދޫކޮށްލާފައި އޮތް އެއާޕޯޓެއް ކަމަށް ބުނެ އެރަށު ރައްޔިތުންގެ ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އަދި އެއާޕޯޓު ހުޅުވައި ޚިދުމަތް ދިނުން އެދި ރައްޔިތުންގެ ބައަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.