ޖޭއެސްސީގެ މެމްބަރުކަމަށް މާނިއު އިންތިޚާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ޖޭއެސްސީގެ މެމްބަރުކަމަށް މާނިއު އިންތިޚާބުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ގާނޫނީވަކީލް އަބްދުލް މާނިއު ހުސައިން އިންތިޚާބުކޮށްފިއެވެ.

ވަކިލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި މާނިއު އަށް ލިބިފައިވަނީ 199 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި އިންތިހާބުގައި 5 ވަކީލަކު ކުރިމަތިލާފައިވާއިރު މާނިއު އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ ވަކީލު އަލީ ރަޝީދުއެވެ. އޭނާއަށް ލިބިފައިވަނީ 124 ވޯޓެވެ. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ލިބިފައިވަނީ 37 ވޯޓެވެ. ހަނީފާ ޚާލިދަށް ލިބިފައިވަނީ 27 ވޯޓެވެ. އަދި އަހުމަދު ނަޝީދަށް ލިބިފައިވަނީ 10 ވޯޓެވެ.

މި އިންތިޙާބުގައި 404 ވަކީލުން ވޯޓުލާފައިވެއެވެ.

މިއަދު އޮންލައިން