ވީޑިއޯ: މަގުމައްޗަށް އުކާފަ ހުންނަ ސިގިރެޓްބުރި ހޮވައި މަގުމަތި ސާފުކޮށްދޭ ކުދިންނަށް އައިސްކްރީމް ދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ވީޑިއޯ: މަގުމައްޗަށް އުކާފަ ހުންނަ ސިގިރެޓްބުރި ހޮވައި މަގުމަތި ސާފުކޮށްދޭ ކުދިންނަށް އައިސްކްރީމް ދެނީ!

މަގުމައްޗަށް އުކާފައި ހުންނަ ސިގިރެޓްބުރި ހޮވައި މަގުމަތި ސާފުކޮށްދޭ ކުދިންނަށް ސެންޓްރަލް ޗައިއިނާގެ ރެސްޓޯރަންޓަކުން އައިސްކްރީމް ދޭން ފަށައިފިއެވެ.

އެ ރެސްޓޯރަންޓުން މިކަން ކުރަނީ މަގުމަތި ސާފުކޮށް ބޭއްވުމަށް ކުދިންގެ ސަމާލުކަން ހޯދުމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިންނަށް ރަނގަލު އާދަތައް ދަސްވާނެއެވެ. މަގުމައްޗަށް ކުނި އެޅުން ފަދަ ކަންކަން ނުކުރުމަށް ހޭލުންތެރިކަން އިތުރުވާނެއެވެ.

ރާއްޖޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައިކަން ފާހަގަކުރެވެއެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ސާފުތާހިރު ޤައުމުގެ ގޮތުގައި ސައްޔާޙުން ވަނީ ސިފަކޮށްފައެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭގެ މަގުތައް ފެނުމުން މިހާރު އެމަޤާމް ރާއްޖެއަށް ލިބޭނެބާވައެވެ!

މިއަދު އޮންލައިން