އިއްޔެ ބޭއްވި ހިނގާލުން ކުރިއަށްދިއައިރު، އެހިނގާލުމުގެ އަރިމަތިން ޓީޗަރުންނާ ޢާންމުން ހިނގުމުން ކުދިން ނުފެންނާތީ ގިނަ ބައަކު ވަނީ ޝަކުވާކޮށްފައެވެ.
ޝަކުވާކުރި މީހުން ބުނީ އެމީހުން 4 ނުޖަހަނިސް މަގުތަކަށް ނުކުމެ ތިބީ ކުޑަކުދިން ގޮވައިގެން ދިޔައީ، ދަރިފުޅުގެ ޕެރޭޑް ބަލަން ކަމަށެވެ.
އެހެންކަމުން ޓީޗަރުންނާއި އިތުރު ބައަކު ހުރަހަކަށް ވުމުން ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑު ދިއައީ އަޅުގަނޑުގެ ދަރިފުޅު ފޮޓޯ ނަގަން ކެމެރާ ވެސް ހިފައިގެން. ޓީޗަރުންނާ ޢާންމުން އަރިމަތީގައި ތިބުމުން އެކަމެއްވެސް ނުކުރެވުނު. ވީމާ ދެން ބާއްވާ މިފަދަ ހަރަކާތްތަކުގައި އެއްވެސް ބައަކު މަގުގެ ދެފަރާތުގަ ތިބޭ މީހުންނާ ކުދިންނާ ދެމެދަށް ހުރަހަކަށް ނުވާނެ ގޮތަކަށް އިންތިޒާމުކުރުން ރަނގަޅުވާނެ" ކަމަށް މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
އިތުރު މީހަކު ބުނީ އަރިމަތީގައި ހިނގީ ހަމައެކަނި ޓީޗަރުން ނޫން ކަމަށާއި ޢާންމުންވެސް ހިނގި ކަމަށެވެ. އަދި ޢާންމުންނަށް އަރިމަތީގައި ހިނގަން ފުރުޞަތު ލިބުނީ ޓީޗަރުންނާއި ޕޮލިހުންނާއި ރެޑްކުރެސެންޓް މީހުން ހިނގާފަ ދިޔަ ޢާންމުންނަށް އަރިމަތީން ހިނގުމުގެ ފުރުސަތު ދިނުމުންކަމަށެވެ.
"ޓީޗަރުން ހިނގާތަން ފެނުނީމަ ޢާންމުންނަށްވެސް ހިނގުމުގެ ފުރުސަތު ލިބުނީ. އެމީހެއްގެ ދަރިފުޅު ފޮޓޯނަގައި ވީޑިއޯކުރަން އެންމެން ނުކުތީ. ޤަވާއިދުން އަރިމަތީގައި ތިބި މީހުންނަށް ފުރުޞަތު ނުލިބުނީ." ކަމަށެވެ.
ކުރިއަށް އޮތްތާގައި ޢާންމުންނަށް ޕެރޭޑްގެ އަރިމަތީން ހިނގުން މަނާ ކުރުމަކީ ޓީޗަރުންނާއި ޕޮލިހުންނާއި ރެޑްކުރެސެންޓް މީހުންގެ ޒިމާއެކެވެ