ހަގީގަތާ ޚިލާފަށް ވާހަކަ ދެއްކިކަމަށްބުނެ ޕީޖީގެ ވަކީލުގެ މައްސަލައެއް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހަގީގަތާ ޚިލާފަށް ވާހަކަ ދެއްކިކަމަށްބުނެ ޕީޖީގެ ވަކީލުގެ މައްސަލައެއް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ވަކާލާތުކުރާ ވަކީލް އައިޝަތު މުހައްމަދާ ބެހޭ ޝަކުވާއެއް މައްސަލަ ރައްދުވާ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހޅުއްވައިފިއެވެ.

މިކަމާބެހޭގޮތުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ މި ޝަކުވާ  ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ރައީސް ޔާމީން ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެއްގައި ހަގީގަތާ ޚިލާފަށް ވާހަކަ ދައްކަވާފައި ވާތީ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ހެކިވެރިންނަށް ޔާމީންގެ ފަރާތްޕުޅުން ނުފޫޒު ފޯރުވި ކަމަށް ވަކީލާ އައިޝަތު މުހައްމަދު ކޯޓުގައި ވިދާޅުވިނަމަވެސް އެމަނިކުފާނު އެފަދަ އަމަލެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެއީ ކޯޓުގައި ދޮގު ހެދުން ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވި މިއީ ކޯޓު ތެރޭގައި ހިންގާފައިވާ އަމަލަކަށް ވާތީ މި މައްސަލަ ކޯޓަށް ބެލޭނެ ކަމަށް އޭނާ ދެކިވަޑައިގަންނަވާކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ފުރަތަމަ އަޑު އެހުމަށް ފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. 

މިއަދު އޮންލައިން