ވަކީލުންގެ މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ނޫން ‍- ބާ ކައުންސިލަށް: ހިސާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވަކީލުންގެ މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ނޫން ‍- ބާ ކައުންސިލަށް: ހިސާން

ވަކީލުންގެ މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ނޫން ކަމަށާއި، އެފަދަ މައްސަލަތައް މިހާރު ހުށަހަޅަން ޖެހެނީ އަލަށް އުފައްދާފައިވާ ބާ ކައުންސިލަށް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިންނަވާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާލުވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލާ އައިޝަތު މުހައްމަދުގެ މައްސަލައެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

ހިސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ކޮންމެވެސް މީހަކު ރައީސް ޔާމީނަށް ސާފުކޮށްދޭން އެބަ ޖެހޭ، ވަކީލުންނާއި ގުޅޭ ޝަކުވާތައް މިހާރު ހުށަހަޅަން ޖެހެނީ ބާ ކައުންސިލަށްކަން، ސުޕްރީމް ކޯޓަށް ނޫން ކަން،" ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ޕީޖީގެ ވަކީލް އައިޝަތު މުހައްމަދުގެ މައްސަލައެއް ހުށަހެޅުއްވީ ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތުގައި މީގެ ކުރިން ބަންދުގެ މުއްދަތު ކަނޑައަޅަން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާގެ ހައިސިއްޔަތުން ވަޑައިގެން އިތުރުފުޅު ހައްދަވާފައިވާތީ ކަމަށެވެ.

ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ކައުންސިލެކެވެ. ބާ ކައުންސިލް އުފައްދާ މިހާރު ވަނީ ކައުންސިލްގެ އިންތިހާބު ބާއްވާ މެމްބަރުން ވެސް ހޮވައިފަ އެވެ.

 

މިއަދު އޮންލައިން