އެމްއޭސީއެލް އިން އަހަރީ އާންމު ޖަލްސާއަށްފަހު ބޯނަސް ފައިސާ ދޭން ނިންމައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އެމްއޭސީއެލް އިން އަހަރީ އާންމު ޖަލްސާއަށްފަހު ބޯނަސް ފައިސާ ދޭން ނިންމައިފި!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަހަރީ އާންމު ޖަލްސާއަށްފަހު ބޯނަސް ފައިސާ ދޭން ނިންމައިފިއެވެ.

އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހް ސޮއިކުރައްވައި ފޮނުއްވާފައިވާ މެމޯއެއްގައި ބުނެފައިވަނީ ބޯނަސް ދިނުން ލަސްވަނީ މިދިޔަ އަހަރުގެ މާލީ އޯޑިޓާއި، މި އަހަރުގެ ބަޖެޓް ނިންމައި ފާސްކުރުމަށް ގިނަ ދުވަސްތަކެއް ނަގާފައިވާތީ ކަމަށެވެ. އަދި މި މަސައްކަތަށް ގިނަ ދުވަސް ހޭދަވެފައިވަނީ މި އަހަރަކީ އެކުންފުނިން ގިނަ ހަރަދުތަކެއް ކުރަން ޖެހިފައިވާ އަހަރަކަށް ވާތީ ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ އަހަރީ ބޯނަސް ބަހަން ޖެހޭނީ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން މި މަހުގެ ކުރީކޮޅު އާއްމު ކުރި އުސޫލަކުން ވަނީ ނިންމާފަ އެވެ. 

އެމްއޭސީއެލްގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައިވެއެވެ.

 

މިއަދު އޮންލައިން