މިދިޔަ ހަފްތާގައި މާލޭގައި ފަންސާސް އެކްސިޑެންޓު ހިނގި: ފޮލިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
މިދިޔަ ހަފްތާގައި މާލޭގައި ފަންސާސް އެކްސިޑެންޓު ހިނގި: ފޮލިސް

މިދިޔަ ހަފްތާގައި މާލޭގައި މަގުމަތީގެ 50 އެކްސިޑެންޓު ހިނގި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާ ހިނގި 50 އެކްސިޑެންޓުގައި 15 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ. މީގެއިތުރުން 250 ވެހިކަލެއްގައި ސްޓިކާ ޖަހައި 43 ވެހިކަލް ޓޯ ކޮށްފަ އެވެ. އަދި މިމުއްދަތުގައި 220 އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަށާރަ އަހަރުން ދަށުގެ ކުދިން އިންޖީނުލީ ދުއްވާ އެއްޗެހި ދުއްވި ދެ މައްސަލައެއްވެސް ފުލުހުންވަނީ ފާހަގަކޮށްފައިވާއިރު ޓްރެފިކް ނިޝާންތަކަށް ނުބަލާ ދުއްވި 13 މައްސަލައަކާއި އަތުގައި ލައިސެންސް ނެތި ދުއްވި 66 މައްސަލައެއްގެ އިތުރުން ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 55 މައްސަލައެއް ވެސް ހިމެނެއެވެ.

އެކްސިޑެންޓުތަކާ ގުޅިގެން ފަސް މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާއިރު އެއްގޮތަކަށްވެސް ލައިސެންސް ނެތް މީހުން ދުއްވާ އެއްޗެހި ދުއްވި 109 މައްސަލައެއްވެސް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. 

މިއަދު އޮންލައިން