ބަނގު އާވި ހިމެނޭ ބުއިމެއް މާލޭގެ ފިހާރަތަކުގައި ވިއްކަން ހުރި މައްސަލައެއް ބަލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބަނގު އާވި ހިމެނޭ ބުއިމެއް މާލޭގެ ފިހާރަތަކުގައި ވިއްކަން ހުރި މައްސަލައެއް ބަލަނީ!

ބަނގު އާވި ހިމެނޭ ބުއިމެއް މާލޭގައި ފިހާރަތަކުގައި ވިއްކަން ހުރި މައްސަލައެއް ބަލަމުން ދާކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

މިމައްސަލަ އެންމެފުރަތަމަ ސަމާލުކަމަށް ގެންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.

އުމަރު ބުނެފައިވަނީ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ "ޖާސްޓެލް" ނަމަކަށް ކިޔާ ދަޅެއްގައި ބަނގުރާ އާވި އެކުލެވިގެން ނުވާ ބުއިމެއްގެ ގޮތުގައި ޖަހާފައި އިން ނަމަވެސް، އޭގައި ބަނގު އާވި ހިމެނޭކަމަށެވެ. އަދި މިބުއިން ރާއްޖޭގެ ގިނަ ފިހާރަތަކުގައި މިހާރުވެސް ވިއްކަން އެބަހުރިކަމަށެވެ.

މި ދަޅުތައް ރާއްޖެ އެތެރެކޮށްފައި ވަނީ ފުލުހުންނާއި ހެލްތު މިނިސްޓްރީގެ ހުންނަ ލެބުން ހުއްދަ ނުހޯދާ ކަމަށް އުމަރު ތުހުމަތު ކޮށްފައިވެއެވެ.

މިކަމާގުޅުގެން ކަސްޓަމްސް އިން ބުނެފައިވަނީ އުމަރު އެކަން ހާމަ ކުރެއްވުމުގެ މާ ކުރިން ކަސްޓަމްސްގެ ސަމާލު ކަމަށް އެކަމް އައިސްފައިވާ ކަމަށާއި އެހެންނަމަވެސް ބަލަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރުން ހުއްދަ ނޫން ބާވަތެއްގެ ތަކެތި ކަސްޓަމުން އަންނަނީ ހިފަހައްޓަމުންނެވެ.

 

 

 

މިއަދު އޮންލައިން