ދުނިޔޭގެ ގިނަބަޔަކު އެންމެ ދާންބޭނުންވާ ޤައުމުތަކުގެ ލިސްޓުގެ 6 ވަނަ ރާއްޖެއަށް ލިބިއްޖެ!
މި ލިސްޓަކީ ޓްރެވަލް ވެބްސައިޓެއް ކަމަށްވާ ބިގް ސެވަނަ އިން އެކުލަވާލާފައިވާ 'ޓޮޕް 50 ބަކެޓް ލިސްޓް ޑެސްޓިކޭޝަންސް އިން ދަ ވަރލްޑް' އެވެ.
މި ލިސްޓު އެކުލަވާލާފައިވަނީ 1.5 މިލިއަން މީހުނާއި ސުވާލުކޮށް، އެމީހުން އެންމެ ދާން ބޭނުންވާ ޤައުމުތަކުގެ ލިސްޓުތަކުގެ މައްޗަށް ބިނާކޮށެވެ.
މި ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ އިންޑޮނޭޝިއާގެ ބާލީއެވެ. ދެވަނަ އަށް އެމެރިކާގެ ނިއު އޯލަންސްއެވެ. ތިންވަނަ އަށް ހޮވިފައިވަނީ އަޔަރލޭންޑުގެ ކެރީއެވެ. ހަތަރުވަނަ އަށް ހޮވިފައިވަނީ މޮރޮކޯއެވެ. ފަސްވަނަ އަށް އައިސްފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީއެވެ. މި ލިސްޓުގެ ހަވަނަ ރާއްޖެއަށް ލިބިފައިވާއިރު، މިލިސްޓުގައި 50 ގައުމެއް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ރިސޯޓުތަކަކީ އާއްމުގޮތެއްގައިވެސް މިފަދަ ލިސްޓުތަކުން ޖާގަ ހޯދާ ރިސޯޓުތަކެކެވެ.