ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ދ. މާއެނބޫދޫ ޕޮލިސް ޑެސްކާއި މާއެނބޫދޫ ކައުންސިލް އަދި މާއެނބޫދޫ ސްކޫލް ގުޅިގެން، އެ ސްކޫލްގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާއެނބޫދޫ ސްކޫލްގެ އެދުމަށް، ޖުލައި 25 ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ކުދިން ކުށުން ދުރުހެލި ކުރުވުމަށް މަސައްކަތްކުރުމާއި ކުއްޖަކު ކުށެއް ކޮށްފިނަމަ ދެވަނަ ފަހަރަށް އެކުށެއް ތަކުރާރުވިޔަ ނުދިނުމަށް އެކުދިންނަށް ނަސޭހަތްތެރިވެ ކުދިން ކުށުން ދުރުހެލިކުރުވުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެވެށި އަނިޔާއާއި ގުޅުން ހުރި މައްސަލަތަކާއި އެފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމަށް މަސައްކަތްކުރުމާއި އެފަދަ އަނިޔާއެއް މީހަކަށް ލިބޭނަމަ އެމީހަކަށް ރައްކާތެރިކަންދީ އެހީތެރިވެދިނުމާއި އަދި ފުލުހުންނަށް އެކަމެއް ރިިޕޯޓު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ޕްރޮގްރާމްގައި މާއެނބޫދޫ ސްކޫލްގެ 80 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.