އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުމަށް ޚާއްސަ ކަލެކްޝަން ސެންޓަރެއް ގާއިމް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުމަށް ޚާއްސަ ކަލެކްޝަން ސެންޓަރެއް ގާއިމް ކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާ ވިއްކުމަށް ހާއްސަ ކަލެކްޝަން ސެންޓަރެއް މ. ފާމުދޭރިގެ، (މެޑިކާ ހޮސްޕިޓަލު ކައިރި) ގައި ގާއިމް ކޮށްފިއެވެ.

އެމްއައިބީ އިން ހާއްސަ ކަލެކްޝަން ސެންޓަރެއް ގާއިމްކުރި ނަމަވެސް ބޭންކުގެ ބްރާންޗުތަކަށް ޒިޔާރަތްކޮށްގެންވެސް ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި އެމްއައިބިގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމް ފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި އެކުއެވެ.

އިއްޔެ އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވާއިރު ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. 

 

މިއަދު އޮންލައިން