އެއްވެސް ފުލުހަކަށް އިންޒާރެއް ނުދެން، ލައިސެންސް ހިފެހެއްޓީ ފުލުހެއް ވާހަކަ ދެއްކި ގޮތް ކަމުނުގޮސްގެން ބުނި އެއްޗަކުން: މައިމޫން

ކިޔުމަށް ހޭދަވާނީ 1މ 41ސ
އެއްވެސް ފުލުހަކަށް އިންޒާރެއް ނުދެން، ލައިސެންސް ހިފެހެއްޓީ ފުލުހެއް ވާހަކަ ދެއްކި ގޮތް ކަމުނުގޮސްގެން ބުނި އެއްޗަކުން: މައިމޫން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން މުޙައްމަދުގެ ލައިސެންސް ހިފެއްހެއްޓީ އެއްވެސް ފުލުހަކަށް އިންޒާރު ދީގެން ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މައިމޫން ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ދޮގު ކުރައްވަމުން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފުލުހަކަށް އޭނާ އިންޒާރު ނުދެއްވާ ކަމަށާއި ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 1:09 ގައި އޭނާގެ ލައިސެންސް ހިފެހެއްޓީ، ފުލުހަކު ވާހަކަ ދެއްކި ހަރުކަށި ގޮތް ކަމުނުގޮސްގެން އެކަމާއި އޭނާ އެއްޗެއް ވިދާޅުވުމުން ކަމަށެވެ.

"އެއްވެސް ފުލުހަކަށް އިންޒާރެއް ނުދެން، 23 ޖޫން ގެ ދަންވަރު 1:09 ގައި ލައިސެންސް ކާޑު ހިފެހެއްޓީ، އެފުލުހަކު ވާހަކަ ދެއްކި ހަރުކަށިގޮތް އަޅުގަނޑަށް ކަމުނުގޮސްގެން ބުނި އެއްޗަކުން. އަދި މިމައްސަލަ އަޅުގަނޑު އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަހަޅަން މަސައްކަތް އެބަ ކުރަން" މައިމޫންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން އެއިރު ވިދާޅުވެފައިވަނީ ދުއްވަމުން މުއާސަލާތީ ވަސީލަތަެއް ބޭނުން ކުރި މައްސަލައެއްގައި ފިރިހެނެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށާއި ލައިސެންސް ހިފެހެއްޓުމުން އެވަގުތު އެތާ ތިބި ފުލުހުންނަށް އިންޒާރުދީ އެމީހާ ބިރުދައްކާފައިވާ ކަމަށެވެ.

އެއީ ކޮން ފަރާތެއްކަން ފުލުހުން ހާމަ ކޮށްފައިނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެއަމަލު ހިންގީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން އެވެ. ނަމަވެސް އޭނާ މިއަދު ވަނީ އެތުހުމަތު ދޮގު ކުރައްވާފައެވެ.

 

މިއަދު އޮންލައިން