މުޙައްމަދު ޙަސަން (ހޮޅުދޫ މުޙައްމަދު ކޮއި) (ގ. ރޮބިންސް) (90 އ) މައްޗަށް ކަށުނަމާދުކުރުން މިރޭ 11.30ގައި އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.
އަޅުގަނޑުގެ ވަރަށް ޒުވާން އުމުރުގައި މުޙައްމަދު ކޮއި އާއިއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނެވެ. މުޙައްމަދު ކޮއި އަބަދުވެސް ފާހަގަކުރެވިފައިވަނީ ބަންގިއަށް ވަގުތުން އިޖާބް ދޭ، ވަރަށް ތެދުވެރި ބޭކަލެއްގެ ގޮތުގައެވެ. ޙަވާލުކުރާ މަސައްކަތް ކުރުމުގައި ވަރަށް އަމާނާތްތެރި، ވަފާތެރި ބޭކަލެއްގެ ގޮތުގައެވެ.
މަރްހޫމްގެ ފުރާނައަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި. އާމީން.