ބޯކޮށަން ސެލޫނަކަށް ދިއަ އަންހެނެއްގެ ޢިއްފަތް "ލޯބިވާތީ" ފޭރިގަންނަން އުޅުނު މީހެއްގެ ޝަރީޢަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބޯކޮށަން ސެލޫނަކަށް ދިއަ އަންހެނެއްގެ ޢިއްފަތް "ލޯބިވާތީ" ފޭރިގަންނަން އުޅުނު މީހެއްގެ ޝަރީޢަތް ފަށައިފި

ބޯކޮށަން ސެލޫނަކަސް ދިއަ ފިލިޕިންސް އަނހެނެއްގެ އިއްފަތް ފޭރިގަންނަން އުޅުނު މައްސަލައެއްގެ ޝަރީޢަތް ދުބާއީ ކޯޓެއްގައި ފަށައިފިއެވެ.

27 އަހަރުގެ އަންހެން މީހާ ކޯޓުގައި ބުނީ އޭނާ އަބަދުވެސް ބޯކޮށަން ދަނީ ސެލޫން ބަންދުކުރާ ގަޑިއަށް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރަނީ އަދާކުރާ ވަޒީފާގެ ގޮތުން ވަގުތު ސަލާމަތްކުރަން ކަމަށެވެ.

"ގޮނޑީގައި އިންދާ ފެނުނީ ކުއްލިއަކަށް އައިސް އަތުގައި ހިފައި ދަމައިގަތްތަން. ބަލާކަށް ނުހުންނަން. އަހަރެންވެސް ސަލާމަތްވާން މަސައްކަތްކުރީ. ތަޅުނަގްނޑު މައްޗަށް ވެއްޓިގެންފައި ބަނޑުކޮޅުގައި ފައިންވެސް ތެޅިން. އަޑުވެސް ގަދަކުރިން. ފައިކުރުކޮށްފަ ޖެހުނީ ކިތައް ފަހަރު ކަމެއް ނޭނގެ. ސަލާމަތް ވެއްޖެކަން ޔަޤީންކުރެވެންދެން ތެޅިން." އޭނާ ކޯތުިގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ 23 އަހަރުގެ ޕާކިސްތާނު ރައްޔިތެއްގެ މައްޗަށެވެ. ފުލުހުން ބުނީ ރޭޕްކުރަން އުޅުނު މީހާ ދެނެގަނެވުނު އިރު އޭނާ ފުރާފައިވާ ކަމަށާއި ހައްޔަރުކުރީ އެނބުރި އައުމުން

ކަމަށެވެ. އަދި ތަހްޤީޤްގައި އޭނާ ބުނީ އޭނާ އަނހެން މީހާގެ އަތުގައި ހިފައިގެން ގެންދަން އުޅުނީ ލޯބިވާތީ ކަމަށެވެ.

މިއަދު އޮންލައިން