ހިރިޔާ ސްކޫލުގައި ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިރިޔާ ސްކޫލުގައި ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު  ބާއްވައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ރޯޑް ސޭފްޓީ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު ހިރިޔާ ސްކޫލުގައި ބާއްވައިފިއެވެ.

ހިރިޔާ ސްކޫލުގައި މިކަމަށް ޚާއްސަކޮށްގެން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދު ދުއްވުމުގައި އެކަކު އަނެކަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއާއި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި އެސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުވެރިކުރުވުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދާ ރޯޑް ސޭފްޓީ ކެމްޕޭންގެ ތެރެއިން، ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ހިނގާބިގާވެ އުޅުމުގައާއި ބައިސްކަލު ފަދަ އުޅަނދުތައް ދުއްވާއިރު ވިސްނަންވީ ކަންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި އެކްސިޑެންޑް ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން