ވާދޫގައި “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 50ސ
ވާދޫގައި “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި  ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުން ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ވާދޫ އިސްރައްވެހިންނަށް އަމާޒުކޮށް " އިސްރަށްވެހިންގެ މައިޒާން" ގެ ނަމުގައި ޕްރޮގްރާމެއް އެރަށުގައި ކުރިއަށްގެންގޮސްފިއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕަރޓްމަންޓާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، އިސްރައްވެހިންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އިސްރަށްވެހިން ހޭލުން ތެރިކުރުމުންގެ ގޮތުން، އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަތަކާއި ފޯނަށް ގުޅައިގެން ކެޝްކަރޑް ނަންބަރު ހޯދައިގެން ފައިސާ ހޯދަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ޑްރާމާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތުދީ ހަކުރު ޓެސްޓުކުރުމާއި ލޭ ބެލުން ކުރިއަށް ގެންގޮސްފައިވެއެވެ.

ޖުލައި 28 ވަނަ ދުވަހު ހަވީރު ވާދޫ ބަނދަރު ސަރަހައްދުގައި އިސްރަށްވެހިންނަށް ސައިފޮދަކާއި އެކު ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ބައިވެރިވި ކޮންމެ އިސްރަށްވެއްސަކަށް ހަދިޔާއެއްދީފައިވެއެވެ. ވާދޫގައި ދިރިއުޅޭ 65 އަހަރުގެ 50 މީހުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

 

މީގެއިތުރުން އިސްރަށްވެހިންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ސަރފިން ކޭމްޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
އަމާންވެށި ޕްރޮގްރާމްގެ ދަށުން، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕަރޓްމަންޓާއި ރާޅު އެދުރާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން ޖުލައި 23 އިން 28 އަށް ކުރިއަށްގެންދިޔަ ސަރފިން ކޭމްޕްގައި، ރާޅާއަޅަން ބޭނުންވާ ކުދިންނަށް ރާޅާއެޅުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވާދޫގައި ރާޅާއަޅަމުންދާ ކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

 



އަދި ރާޅާއަޅަން އުޅުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކުން ސީ.ޕީ.އާރު ދޭންޖެހިއްޖެ ނަމަ ދޭނެގޮތްތައް ކިޔައިދީ ދަސްކޮށްދީފައިވެއެވެ. އަދި އާންމު ދިރިއުޅުމުގައާއި ކުޅިވަރުގެ ތެރޭގައި  ވެސް ރަނގަޅު އަޚްލާޤު ހިފެހެއްޓުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

މިއަދު އޮންލައިން