ލެވިސްތާ އިންޓަރ ރިސޯޓު ފުޓަބޯޅަ މުބާރާތުގައި ގްރޫޕު ބީގެ ފުރަތަމަ މެޗު ރޯޔަލް އައިލެންޑު ރިސޯޓް އެންޑް ސްޕާރ އިން ކާމިޔާބުކޮށްފިއެވެ.
ގްރޫޕު ބީގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ޑުސިތް ތާނީ މޯލްޑިވްސް އާބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ.
ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ޑުސިތް ތާނީ އިންނެވެ. ލި ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ޙުސައިން އާދިލްއެވެ.
އެހެެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެކުރިން ރޯޔަލް އައިލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މި ލަނޑު ޖެހީ ޒަމްޢަތު މުޙައްމަދު ވަޙީދެވެ.
ދެވަނަ ހާފުގައި ރޯޔަލް އައިލެންޑުގެ ކުޅުންތެރިންގެ ހަމަލާތައް ޑުސިތްގެ ގޯލަށް ފުލުފުލުގައި ފޮނުވަމުންދިޔައެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ ދެތިން މިނެޓެއްގެތެރޭގައި ރޯޔަލްގެ ދެވަނަ ލަނޑުޖަހާ ދެވަނަފަހަރަށް ލީޑުނެގީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އިބްރާހިމް ޝަރީފް ޖަހައިދިން ލަނޑުންނެވެ.
މި މެޗުގައި ރޯޔަލްގެ 3 ވަނަ ލަނޑު މެޗު ނިމެން ގާތްވެފައިވަނިކޮށް ޖަހައިދިނީ މުޙައްމަދު ފަޔާޒެވެ.
މި މުބާރާތުގައި ދެން މެޗެއް އޮންނާނީ މާދަމާއެވެ. މިމެޗުގައި ބައްދަލުކުރާނީ އަނަންތަރާ ކިހަވަށް ވިލާސްއާއި އަމިއްލަފުއްޓެވެ.