ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ދ. އަތޮޅު ޕޮލިހާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދ. އަތޮޅުގެ ހަތަރު ރަށެއްގެ ސްކޫލު ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޖުލައި 24 އިން 26 އަށް ކުރިއަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތައް ކުޑަހުވަދުއާއި ބަނޑިދުއާއި ހުޅުދެލީގެ އިތުރުން މީދޫގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
އެގޮތުން ސްކޫލް ތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގައި، ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތާއި އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އަަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ގަނާކުރުމުން ކުރިމަތިވާ ނޭދެވޭ ކަންކަމާއި އެފަދަ މައްސަލަތަކުން ދުރުހެލިވުމާއި ގަނާގެ ޝިކާރައަކަށްވާ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ބެލެނިވެރިން ކުދިންނަށް ނަމޫނާ ދެއްކުމާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރި ކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުން އިންޓަރނެޓް ބޭނުންނުން ކުރާނަމަ ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ސްކޫލުތަކުގެ މުދައްރިސުންނަށް މަޢުލޫމާތު ދިނުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި އެޑިއުކޭޝަންގެ ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.