ރިޔާސީ އިންތިޚާބު ދުވަސްވަރު، އަޅުގަނޑު ގެއްލުވާލަން މަސައްކަތް ކުރި: ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ރިޔާސީ އިންތިޚާބު ދުވަސްވަރު، އަޅުގަނޑު ގެއްލުވާލަން މަސައްކަތް ކުރި: ޝަރީފް

ނިމިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު، ގެއްލުވާލަން މަސައްކަތް ކުރިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރުން ކުރެއްވިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު، މަގުމަތިން ދާއިރު ކާރު މަޑު ކުރުވާފައި އޭނާ ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ރިޕޯޓު ފުލުހުން ދިންކަމަށެވެ. އަދި މީގެތުރުން އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބަޔާން ހޯދުމަށް އީސީ ގެ މުވައްޒިފަކު ރަހީނުކުރިކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވީ، ރަހީނު ކުރަން މަސައްކަތް ކުރީ، އީސީގެ ރެޖިސްޓްރޭޝަންގައި މަސައްކަތް ކުރާ ވަގުތީ ސްޓާފެއް ކަމަށާއި އޭނާ އަކީ ކަމާ ނުވެސް ބެހޭ މުވައްޒިފެއް ކަމަށެވެ.

އެހެންނަމަވެސް މިކަންކަންކުރި ބައެއް އަދި މިކަމާގުޅޭ މާބޮޑު ތަފްސީލެއް ޝަރީފް ހާމައެއް ނުކުރައްވައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ކުރީގެ ރައިސް އަބްދުﷲ ޔާމީން މިހާރުވެސް ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

މިއަދު އޮންލައިން