ރާއްޖޭގެ އުތުރުގެ ރަށަކުން މަސްތުވާތަކެތީގެ ބޮޑު ޑީލަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސް ޑިޕާޓުމަންޓާއި ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ޑީލަރު ހައްޔަރުކޮށްފައިވަނީ 6 ކިލޯގެ މަސްތުވާތަކެއްޗާއި ވެސް އެކުގައި ކަމަށެވެ.
މިކަމާގުޅިގެން ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރުގައި ހިންގި މި އޮޕަރޭޝަންގައި 6.023 ކިލޯގެ މަސްތުވާ ތަކެއްޗާއި އެކު ހައި ޕްރޮފައިލް ޑީލަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިއޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކުރާކަމަށެވެ.