ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ފިހާރައެއްގެ ބިއްލޫރިގަނޑެއްގައި ޖެހި، ކުޑަ ކުއްޖަކަށާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު 14:00 ހާއިރު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ އަންހެނަކަށާއި ފަހަތުގައި އިން އުމުރުން 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ކަމަށެވެ.
އެގޮތުން ކުޑަ ކުއްޖާގެ ލޯކައިރި މަށައިގެން ގޮސްފައިވާ ކަމަށާއި އަންހެން މީހާގެ މޫނުމަތި ކަފައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެކްސިޑެންޓްވި އަންހެން މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ޖެހިފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑެއްގައެވެ.
ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.