އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގަ ބައިވެރިވުމަށް މާޒިޔާގެ ސާދަ އަހަރުންދަށުގެ ޓީމު ޗެންނާއީއަށް ހިނގައްޖެ

ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގަ ބައިވެރިވުމަށް މާޒިޔާގެ ސާދަ އަހަރުންދަށުގެ ޓީމު ޗެންނާއީއަށް ހިނގައްޖެ

އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގަ ބައިވެރިވުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 14 އަހަރުންދަށުގެ ޓީމު ޗެންނާއީއަށް ހިނގައްޖެއެވެ.

މިއީ އިންޑިއާގައި ޒުވާން ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ  މުބާރާތެކެވެ.

އިންޑިއާގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަރ ލީގާއި އެ ޤައުމުގެ ބޮޑެތި ފުޓުބޯޅަ އެކަޑަމީތައްވެސް ބައިވެރިވާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އެ ޤައުމުގެ ޒުވާން ޓީމުތައް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތައް ހޯދުމުގެ މައިގަނޑު ސަބަބަކީ އެޤައުމުގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަރޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަށްވުމެވެ.

މިދަތުރާއިގުޅިގެން މާޒިޔާއިން ބުނީ މިދަތުރުގައި 20 ކުޅުންތެރިންނާއި 2 އޮފިޝަލުން ހިމެނޭ އިރު، މި ދަތުރުގެ ސަބަބުން ކުރިއަށް އޮތް އެފްއޭއެމް ޔޫތު ލީގަށް ތައްޔާރުވާން ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ ޖޫނިއަރ ޓީމެއް މިހާތަނަށް މިފަދަ ބޮޑު މުބާރާތެއްގައި ވާދަކޮށްފައިނުވާ އިރު، ރާއްޖޭގެ ޒުވާން ޓީމުތަކުން ހޯދަމުން އަންނަ ދަށް ނަތީޖާތަކަށް ބަދަލުގެނައުމަށް މިއީ ލިބޭ ރަނުގެ ފުރުޞަތަކަށްވާނެއެވެ.

މިއަދު އޮންލައިން