މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު ނަގައިފި!

މީހެއްގެ ކަރަށް ހެރިފައިހުރި ތޮޅިއެއްގެ ތުންގަނޑެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކާމިޔާބު ކަމާއެކު ނަގައިފިއެވެ.

އައިޖީއެމްއެޗުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ބަރަކޫޑާ ނަމަކަށް ކިޔާ ތޮޅީގެ ވައްތަރެއްގެެ ތުން ހެރިވައި ހުރީ މިމީހާގެ ކަރުގެ އާޓަރީއެއްގެ ކައިރިއަށް ކަމަށެވެ.

މަސް ބާނަން ހުއްޓާ މިމީހާގެ ކަރަށް ހެރުނު ތޮޅީގެ ތުނބުގައި ހަ ސެންޓި މީޓަރު ހުރިއިރު މިތުން ނަގާފައި ވަނީ އައިޖީއެމްއެޗްގެ އީއެންޓީ ސާޖަންއިން ކަމަށް އެ އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެނެސްތީސިއާ ޓީމުން އެނެސްތީސިޔާގެ ކަންކަން ކޮށްފައިވަނީ ވަރަށް ފަރުވާތެރިކޮށް ކަމަށާއި، ބޮޑު ގެއްލުމެއް ނުލިބި އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

 

މިއަދު އޮންލައިން