ޕާޓީތަކަށް ފައިސާ ދިނުމުގައި އިންތިޚާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް ދަނީ ވިސްނަމުން: އީސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ޕާޓީތަކަށް ފައިސާ ދިނުމުގައި އިންތިޚާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް ދަނީ ވިސްނަމުން: އީސީ

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ބޮޑު ބައެއް އިންތިހާބުތަކުގައި އެ ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ވިސްނަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި، ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީތައް ސިޔާސީ ކަންމުގައި ހަރަކާތްތެރިވާ މިންވަރަށް ބަލައި ޕާޓީތަކަށް ފައިސާ ދިނުމަށް ވިސްނަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޕާޓީތަކަށް ލިބޭ ވޯޓަށް ބަލައި ބޮޑު ޕަސެންޓެއް ފައިސާ ދޭ ގޮތަށް ވިސްނަނީ، ހުރިހާ ސިޔާސީ ޕާޓީތައް ވެސް ސިޔާސީ ޕާޓީތަކުގެ އަސްލު މަގްސަދު ހާސިލްވާ ގޮތަށް މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަނުން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ދެލި ކޮޕީ މިހާރު ތައްޔާރުކުރެވި ސިޔާސީ ޕާޓީތަކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން