ރިޔާސީ ކޮމިޝަނުން މަރުގެ މައްސަލައެއް ނިންމާ ފުރަތަމަ ފަހަރަށް ދައުވާ ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 11ސ
ރިޔާސީ ކޮމިޝަނުން މަރުގެ މައްސަލައެއް ނިންމާ ފުރަތަމަ ފަހަރަށް ދައުވާ ކުރަނީ!

މަރުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރުމަށް މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުން ފުލުހަށް ފޮނުވައިފިއެވެ.

ގޮތްނޭނގޭ ގޮތަށް މަރުވެފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ދައުވާ ކުރުމަށް ފޮނުވާފައިވަނީ ދ. ވާނީ ޙުސެއިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ބަލައިނިންމުމުމަށްފަހު، އެމައްސަލައިގައި އިހުމާލުވީ މީހުންގެ މައްޗަށެވެ.

ރިޔާސީ އެކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދ. ވާނީ ޙުސެއިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޒަރީރު މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދޭން އޭގެ ކުރީ ދުވަހު ފަށާފައިވާއިރު، އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ ކޮން ބައްޔަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

 

މިއަދު އޮންލައިން