ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް ހއ. އިހަވަންދޫ އަންބަރީގެ ޢަބްދުލްމާނިޢު ޙުސައިން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޖޭއެސްސީ ގެ މެމްބަރުކަމަށް މާނިއު ހަމަޖެއްސެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެވެ. ރައީސް އޮފީހުން ބުނީ މާނިއު އެމަގާމަށް ހަމަޖެއްސެވީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި ތިން ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ޤާނޫނީ ފަންނުގެ ޤާނޫނުގެ 69ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އަބުދުލްމާނިއު ހުސައިން އައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އޭނާ ވަނީ ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ވެސް މާނިއު އާއި ވަނީ ހަވާލު ކުރި އެވެ.