އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ލެބޯޓަރީގަ ދުވި މީދާ މަރާލައިފިއެވެ.
އައިޖީއެމްއެޗްގެ ލެބޯޓަރީގެ އާއްމު ޚިދުމަތްދޭ ކައުންޓަރު ކައިރީ ތަޅުންގަނޑުމަތިން މީދަލެއް ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު މީސްމީޑިއާގައި އާއްމުވެފައިވާއިރު، މިކަމާއިމެދު އެހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހީވާގޮތުގައި އެއީ ސީލިންގުން ފޭބި މީދަލެއް ކަމަށެވެ.
"ހީވަނީ އެއީ ސީލިންގުން ފޭބި މީދަލެއްހެން. މިހާރު ވާނީ އެމީދާ މަރާލާފައި، ސީލިންގް ވެސް ރަނގަޅަށް ބައްދާފަ" އޮފިޝަލު ވިދާޅުވިއެވެ.
އައިޖީއެމްއެޗް ގެ ލެބޯޓަރީ ތެރެއިން މިއަދު މީދަލެއް ފެނިފައިވާއިރު، އެހޮސްޕިޓަލުގެ މެޑިކަލް ވޯޑު ތެރެއިން ވެސް މީދަލެއް ފެނުނުކަމަށް ބައެއް ފަރާތްތަކުން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.
IGMH laboratory therein meedhaleh fenna video eh aanmu vejje pic.twitter.com/k79qgUZupn
— Ashvaq (Vaguthu) (@Ashvarg) July 31, 2019