އަނދުން ހުސެއިން ފައުންޑޭޝަނުގެ ސްކޯލަރޝިޕްއަށް ހޮވުނު ދަރިވަރުން މާދަމާ ފުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
އަނދުން ހުސެއިން ފައުންޑޭޝަނުގެ ސްކޯލަރޝިޕްއަށް ހޮވުނު ދަރިވަރުން މާދަމާ ފުރަނީ!

މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ "އަނދުން ހުސެއިން ފައުންޑޭޝަން" އިން ހުޅުވާލި އިންޑިއާގެ ބެންގަލޫރު ގާރޑަން ސިޓީ ޔުނިވަރސިޓީ ސްކްރީނިންގ އިން ސްކޯލަރޝިޕްއަށް ހޮވުނު 5 ދަރިވަރުން މާދަމާ (1 އޯގަސްޓް 2019 ގައި) ފުރުމަށް ހަމަޖެހިއްޖެއެވެ.

އަނދުން ހުސެއިން ފައުންޑޭޝަނުގެ ފަރާތުން ދީފައިވާ މި ސްކޯލަރޝިޕް ތަކަކީ ހެންވޭރު ދެކުނު ދާއިރާ އަށް ނިސްބަތްވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ޙަރަދުގައި ރާއްޖޭން ބޭރުން މަތީ ތަޢުލީމް ޙާސިލް ކުރެވޭނެ މާލީ ތަނަވަސްކަން ކުޑަ ދަރިވަރުންނަށް އަމާޒުކޮށްގެން އާއްމުކޮށް ހުޅުވާލި ފުރުސަތުތަކެކެވެ.

އަނދުން ހުސެއިން ފައުންޑޭޝަނުން ބުނެފައިވަނި މި ސްކޯލަޝިޕަކީ ދާއިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙާސިލްކުރަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު 5 ދަރިވަރަކަށް ދެއްވަން ހަމަޖެހިފައިވާ ފުރުސަތެއް ކަމަށެވެ.

މިއީ މިހާތަނަށް ހެންވޭރު ދެކުނު ދާއިރާގެ މަޖްލިސް މެންބަރަކު ފުރަތަމަ ފަހަރަށް ދައިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙަސިލް ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް ކޮށްދެއްވާ ހިދުމަތެކެވެ.

މިއަދު އޮންލައިން