ގދ. ނަޑެއްލާގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 12:36 ހާއިރު، ބަލި މީހަކު ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސް އަކާއި ސައިކަލެއް ޖެހިގެންނެވެ.
މިހާދިސާގައި ސައިކަލް ދުއްވަން އިން 27 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ރޭ ދަންބަރު 1:53 ހާއިރު ސީ އެމްބިއުލާންސްގައި ތިނަދޫގައި ހުންނަ، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.
ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއެކްސިޑެންޓުގައި އެމްބިއުލާންސަށާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.