6 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
6 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފި

ހަ ކިލޯ މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކުރި  މީހުންގެ ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރާއި 32 އަހަރާއި 33 އަހަރުގެ ދެ މީހުން އަދި 43 އަހަރުގެ މީހެކެވެ. 

މިމައްސަލައިގައި ބޮޑު ޑްރަގު ޑީލަރަކު ވެސް ހިމެނޭ މިމީހުންނަނީ އަބްދުﷲ އިބްރާހިމް، ސ.ހިތަދޫ / ފިނިފަރު އާއި އަލީ ހަސަން، ސ.ހިތަދޫ / ހުދުވެލި އާއި މުހައްމަދު ފައިސަލް، ސ.ހިތަދޫ / ޕޫލްބަހާރު އާއި އަހުމަދު ރައޫފް، ހއ.ހޯރަފުށި / ރަންމުލި އަދި އަހުމަދު މަމްދޫހް، ހއ.ހޯރަފުށި / އާރޯ އެވެ.

މިމީހުންގެ ތެރެއިން އަބްދުﷲ އިބްރާހިމް އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން 8 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއްކަމަށާއި މީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުމާއި މާރާމާރީ ހިންގަންއުޅުމާއި އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއްކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ފެނުނީ އެމީހުން ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކުންނެވެ.

މި އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. 

މިއަދު އޮންލައިން