ހުޅުމާލެ ބީޗް ސަރަހައްދުގައި ޓޭޕް ދަމާ އެ ސަރަހައްދު ހުސްކުރަން އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ހުޅުމާލެ ބީޗް ސަރަހައްދުގައި ޓޭޕް ދަމާ އެ ސަރަހައްދު ހުސްކުރަން އަންގައިފި

ހުޅުމާލެ ބީޗް ފްރޮންޓް ސަރަހައްދުގައި ހުރި ކެފޭތައް ނުނެގުމުން އެޗްޑީސީން މިއަދު  ޓޭޕް ދަމާ އެ ސަރަހައްދު ހުސްކުރަން އަންގައިފިއެވެ..

އެޗްޑީސީއިން ހުޅުމާލޭ ބީޗް ސަރަހައްދުގައި ހަޓް ޖަހައިގެން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެޗްޑީސީ އިން މިއަދު ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ މިއަދު 3:00 ގެ ކުރިން ބީޗުގައި ހުރި ތަކެތި ނަގައި އެތަން ހުސްކުރަން ޖެހޭނެ ކަމަށާއި އެ ސަރަހައްދު ހުސްނުކޮށްފި ނަމަ، ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބީޗް ސަރަހައްދު ހުސްކުރަން އެޗްޑީސީން ނިންމީ އެމްޑަބްލިއުއެސްސީން އެ ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ.

 

މިއަދު އޮންލައިން