ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން ގާޒީ ހައިލަމްގެ މައްސަލައެއް ބަލަން ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައެވެ. އެހެންނަމަވެސް ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަވެސް ބައްލަވާ ގާޒީ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލަ ވެސް ބަލަން މިއަދު ޖޭއެސްސީން އިން ވަނީ ނިންމާފައެވެ.