އައިއޯއައިޖީން ރާއްޖެއަށް މެޑެލް ހޯދައިދިން އެތްލީޓުންނަށް ތުލުސްދޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
އައިއޯއައިޖީން ރާއްޖެއަށް މެޑެލް ހޯދައިދިން އެތްލީޓުންނަށް ތުލުސްދޫއިން ހޫނު މަރުޙަބާއެއް ކިޔައިފި

އައިއޯއައިޖީން ރާއްޖެއަށް މެޑެލް ހޯދައިދިން އެތްލީޓުންނަށް ތުލުސްދޫއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ތުލުސްދޫއަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބީޗު ވޮލީބޯޅައިގެ ޓީމު އިވެންޓުން ރާއްޖެއަށް ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަން ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އުޅެ ބޮޑުވި ރަށެވެ. މިފަހަރުގެ ގޭމްސްގެ މި ދަތުރުގައި ޝިއުނާޒްވެސް ވަނީ ބައުވެރިވެފައެވެ.

ތުލުސްދޫއަށް ކުރި ދަތުރުގައި ޤައުމީ ޓޭބަލްޓެނިސް ޓީމުގެ ކުޅުންތެރިންނާއި ބީޗު ވޮލީބޯޅައިގެ ކުޅުންތެރިންނާއި އެތްލެޓިކްސް އާއި ބެޑްމިންޓަން އިން މެޑަލް ހޯދި ބައެއް އެތުލީޓުން ބައިވެރިވިއެވެ.

މީގެއިތުރުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު އެރަށު ބަދަރު ސަރަޙައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އެތްލީޓުންނަށް މަރުޙަބާކިޔުމަށް އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެ، މެޑެލިސްޓުންނާއެކު ފޮޓޯނަގާ ހެދިއެވެ.

އައިއޯއައިޖީގެ އެތުލީޓުން އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގެ ތެރެއިން މިއަދު ދިއުމަށް ހަމަޖެހިފައިވަނީ ޓޭބަލްޓެނިސް ޓީމުގެ ޓީމު އިވެންޓުން ރަން މެޑަލް އަދި އިންޑިވިޖުއަލް އިވެންޓުން ރިހި މެޑަލް ހޯދި ރަފާ ނާޒިމް ނިސްބަތްވާ ޅ. ހިންނަވަރަށެވެ.

މި ދަތުރުގައި ރަފާގެ އިތުރުން މެޑަލް ހޯދި އެތުލީޓުންވެސް ބައިވެރިވާނެއެވެ.  

މިއަދު އޮންލައިން