ޑެންގޫ ޖެހިގެން އުމުރުން 11 އަހަރުގެ ކުއްޖަކު މިރޭ ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް މިރޭ 7:00 އެހާކަށްހާއިރު ނިޔާވެފައިވަނީ 11 އަހަރުގެ އަންހެން ކުއްޖެކެވެ.
މިދިޔަމަހުވެސް ތެލެސީމިއާ ހުންނަ އިތުރު ދެކުއްޖަކު ވަނީ ކައިރިކައިރީގައި ނިޔާވެފައެވެ. އަދި ބޯންމެރޭ ހެދުމަށް ފަހު ފަރުވާ ދެމުން ދަނިކޮށް ދިވެހި ކުޑަކުއްޖަކު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ވެސް ވަނީ ނިޔާވެފައެވެ.
ފަަހަކަށްއައިސް ޑެންގީ އާއި ޗިކުންގްންޔާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.