މޫދުއަޑި ކައްކުވާލައިގެން މަސްތައް މަރައި ހިފަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
މޫދުއަޑި ކައްކުވާލައިގެން މަސްތައް މަރައި ހިފަން ފަށައިފި!

މޫދުއަޑި ކައްކުވާލައިގެން މަސްތައް މަރައިގެން ހިފަން ފަށައިފިއެވެ.

ކެންޓަކީގެ ލޭކް ބާރލީ ކޯރުގައި މިފަދައިން މަސްވެރިކަން ކުރަނީ ތަޖުރިބާ ކުރުމަށް ބުނެއެވެ. މަސްވެރިކަން ކުރާ މީހުން ބުނަނީ މޫދު އަޑި ކައްކުވައިލުމުން މަސްތަކަށް ކެތް ނުކުރެވިގެން މަސްތައް މައްޗަށް އަރަނީ ކަމަށާއި މަސްތައް މައްޗަށް އަރައި ފުމެ ހެދުމުން މަސްތައް ހޭނެތެނީ ކަމަށެވެ. މަސްތައް ހޭނެތުމުން ދާގަނޑެއް ބޭނުންކޮށްގެން އޮޅަނދަށް މަސްތައް ނަގަނީ އެވެ.

މިއީ ގެއްލުން ހުރި މަސްވެރިކަމެއް ކަމަށް ބުނެ ގިނަ ބައަކު ގެންދަނީ އެގޮތަށް މަސްވެރިކަން ނުކުރުމަށް ގޮވާލަމުންނެވެ. މަސްތައް ހޭނައްތަން މަސައްކަތްކުރި ނަމަވެސް ގިނަ މަސްތައް ހުންނަނީ މަރުވެފައިކަމަށް ވެސް ބުނެއެވެ.

މިއަދު އޮންލައިން