މިއަދު ހެނދުނު ގާތްގަނޑަކަށް 11:10 އެހާއިރު ޓެންސްޓާާގައި އަލިފާން ރޯވީ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުނި އަލިފާން ކަންޏަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވީ، އެގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުނި އަލިފާން ކަންޏެއް ޓެންސްޓާގެ ޓެރަސް މަތީގައި އޮތް ގޮދަނޑިއެއްގައި ޖެހި އޭގައި ރޯވެގެން ކަމަށެވެ.
މިހާދިސާގައި ޓެސްޓާގޭގައި ހުރި، 9000 ބީޓޫޔޫގެ ހިޓާޗީ އެއާކޯނަކާއި، ދެ ބައިސްކަލަކާއި މަސް ޓޭންކަކާއި ޕްލާސްޓިކް މޭޒަކާއި ގޮދަނޑިއަކަށާއި ލަކުޑިން ހަދާފައި ހުރި ކަބަޑަކާއި، ތިން ބޫޓާއި އަދި ޓެރަސްއަށް ވަންނަ ދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓެންސްސްޓާގެ ޓެރަސްގައި ރޯވި އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ.