ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވާ ގ. ހުމަށިއަށް ފުލުހުން ވަދެ ބަލައި ފާސްކުރަން ފަށައިފިއެވެ.
އަމީނީ މަގުގައި ހުންނަ، ގ. ހުމަށިއަށް ފުލުހުން ވަނީ މިރޭ ވަދެފައިވަނީ 11:15 އެހާކަންހާއިރު އެވެ. ފުލުހުން މިގެއަށް ވަނީ ކޮން ސަބަބަކާހުރެކަމެއް އަދި ސާފުވެފައެއްނުވެއެވެ. އެހެންނަމަވެސް ފުލުހުންގެ ޓީމެއް އެގޭގެ ތެރޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.