ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަަލައިގެ، މިއަދުގެ އަޑުއެހުން ފެށިއްޖެއެވެ.
އެގޮތުން މިއަދު ކްރިމިނަލް ކޯ÷ޓުގައި ކުރިއަށް ދަނީ، ދައުލަތުގެ ފަރާތުން، މިމައްސަަލައިގައި ހެކިން ހުށަހެޅުމުގެ އަޑުއެހުމެވެ.
މިއަދު ޝަރީއަތް ބައްލަވަނީ، ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހުމަދު ހައިލަމް އެވެ.
މިއީ ރާއްޖޭގެ ރައީސެއްގެ މައްޗަށް މިފަދަ ދައުވާއެއް ހުށަހެޅި އެމައްސަލަބަލައި ފުރަތަމަ ފަހަރެވެ.
މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ބޭއްވިފައިވާއިރު، އެދުވަހުގެ ޝަރީއަތް ޣާޒީ ނިންމަވާލެއްވީ، ދިފާއީ ހެކިން ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ރައީސް ޔާމީނަށް ދެއްވުމަށް ފަހުގައެވެ.