11:01: ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ ދިފާއީ ގޮތުން އިޖުރާއީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެގޮތުން ހެކިން ހުށަހަޅާ ފޯމްގައި ހުރި ކަންތައްތަކެއް ފާހަގަ ކުރެއްވަމުން ރައީސް ޔާމީންގެ ޝަރީއަތާ މެދު ހާއްސަގޮތެއްގައި އަމަލު ކުރާތީ އެކަމުގެ ޝަކުވާ ވަކީލު ކުރެއްވިއެވެ. އެގޮތުން ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރާ އުސޫލު ކްރިމިނަލް ކޯޓުން އާންމުކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
11:04: ގާޒީ ހައިލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ލައިވް ކުރާނެކަން އަންގާފައި ވާނެ ކަމަށާއި އެކަން ނިންމީ ފަނޑިޔާރުންގެ މަޖިލީހުން އުސޫލެއް ކަނޑައަޅައިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނާނެކަން ކޯޓުން ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވަމުން ގާޒީ ހައިލަމް ވިދާޅުވީ، ކޯޓްގެ އެތެރޭގެ އުސޫލެއް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ.