ރައީސް ޔާމީންގެ ޝަރީޢަތް: މައްސަލަ ބައްލަވާ ޣާޒީ ބަދަލުކުރަން ބޭނުންވަނީ ކީއްވެތޯ؟ - ޣާޒީ ހައިލަމް

ކިޔުމަށް ހޭދަވާނީ 1މ 48ސ
ރައީސް ޔާމީންގެ ޝަރީޢަތް: މައްސަލަ ބައްލަވާ ޣާޒީ ބަދަލުކުރަން ބޭނުންވަނީ ކީއްވެތޯ؟ - ޣާޒީ ހައިލަމް

11:06: ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިން މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހުމަދު ހައިލަމް، މިމައްސަލަ ބެލުމުން ބަދަލު ކުރެއްވުމަށް އެދިފައިވާނެ ކަމަށް ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ. އެހެން ވަކީލް ސިޔާޒް ވިދާޅުވުމުން ޣާޒީ ހައިލަމް ވިދާޅުވީ، މައްސަލަ ބައްލަވާ ޣާޒީ ބަދަލުކުރަން ބޭނުންވަނީ ކީއްވެތޯއެވެ.

ސިޔާޒް ވިދާޅުވީ، ޣާޒީ ހައިލަމްގެ މައްސަލަ ޖޭއެސްސީ ބަލާ ކަމަށާއި ޖޭއެސްސީގައި ތިއްބެވީ ސިޔާސީ ބަޔަކު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ ނުފޫޒު ގާޒީއަށް ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެއާ އެކު ޣާޒީ ހައިލަމް ވިދާޅުވީ ބެންޗަކުން މައްސަލަ ބެލުމަކީ ދަށު ކޯޓުން ކުރާ ކަމެއް ނޫން ކަމަށާއި އަދި ބެންޗަކުން މައްސަލަ ބަލަން ނިންމާނީ އިސް ޣާޒީ ކަމަށާއި އެފަދަ ބެންޗެއް ނެގެން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

 

11:10: ވަކީލް ޝިޔާޒް ވަނީ ބައެއް ހެކިންގެ ހެކިބަހާ މެދު ސުވާލު އުފެދޭނެ ކަމަށް ވިދާޅުވެފައެވެ. ވަކީލް ޝިޔާޒް ވިދާޅުވީ ބައެއް ހެކިންނަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވާ ކަމަށް ބަޔާންތަކުން އެނގޭ ކަމަށެވެ.

ހައިލަމް ވިދާޅުވީ، ހެކިން ބަލައިގަންނަން ނިންމާފައިވާ ކަމަށާއި އަދި ހެކިބަސް ނަގާއިރު، އެފަދަ ހާލަތެއް އައިސްފި ނަމަ، ޝަރީއަތުން ހެކިބަހަށް ރިއާޔަތް ކުރުމުގައި އެކަން ނިންމާނެކަމަށެވެ. އަދި އިބްތިދާއީ ޝަރީއަތުން ގޮތް ނިންމާފައި ހުރި ކަންކަމާ މެދު ވާހަކަ ނުދެއްކުމަށް ޣާޒީ ހައިލަމް ވަކީލުންނަށް އިރުޝާދު ދެއްވިއެވެ.

 

11:14: ދިފާއީ ވަކީލް ޝާހު ސުވާލު ކުރެއްވީ އެސްއޯއެފްއަކީ މަނީ ލޯންޑްރިން ކުރާ ކުންފުންޏެއްކަން އެއްވެސް މުއައްސާސައަކުން ނިންމިތޯއެވެ؟ އަދި އެސްއޯއެފްގައި އެމްއެމްޕީއާރުސީ ފައިސާ ނޫން ފައިސާއެއް ހުރިތޯ ޝާހު ވަނީ ދައުލަތުން ސާފު ކުރަން އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، ދައުވާއެއް ކުރުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެސްއޯއެފް އަކީ މަނީލޯންޑާ ކުރާ ކުންފުންޏެއްކަން ކަނޑައަޅަން ނުޖެހޭ ކަމަށެވެ.

 

 

މިއަދު އޮންލައިން