ކ. އަތޮޅު މަދަރުސާގެ ލިޓުލް މެއިޑުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހުރާ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކާއި ޓްރެފިކް ނިޝާންތަކުގެ އިތުރުން އެކްސިޑެންޓްތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް މަޢުލޫމާތުދީފައިވެއެވެ. އަދި ޢަމަލީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ލިޓުލް މެއިޑް ދަރިވަރުންގެ ކޭމްޕްގައި ހިމެނޭ ރޯޑް ސޭފްޓީ ފިލާވަޅާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މިސެޝަންގައި 32 ލިޓުލް މެއިޑުން ބައިވެރިވެފައިވެއެވެ.