ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ބައިކް މޯލްޑިވްސްގެ ކުޑަކުދިން ޒިޔާރަތްކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ބައިކް މޯލްޑިވްސްގެ ކުޑަކުދިން  ޒިޔާރަތްކޮށްފި

ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ބައިކް މޯލްޑިވްސްގެ ކުޑަކުދިން  ޒިޔާރަތްކޮށްފިއެވެ.

އިއްޔެ މިކުރި ޒިޔާރަތުގައި އެކުދިންނަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޓްރެފިކް ނިޝާންތަކާއި އެނިޝާންތަކުގެ ބޭނުން ތަކަކީ ކޮބައިކަމާއި ޓްރެފިކް ނިޝާންތަކަށް އަމަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މަގުމަތީގެ އަދަބުތަކާއި ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ރައްކާތެރިކަމާއި އެކު ބައިސްކަލު ދުއްވާނެ ގޮތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިކް މޯލްޑިވްސްގެ 20 ކުދިން ބައިވެރިވެފައިވާއިރު މިކުދިންނަށް މަޢުލޫމާތު ދީފައިވަނީ ޓްރެފިކް ޕޮލިސްގެ މުވައްޒަފުންނެވެ.

މިއަދު އޮންލައިން