ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ސީދާ ސުވާލުތަކެއް ހެކިވެރިޔާއަށް!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ސީދާ ސުވާލުތަކެއް ހެކިވެރިޔާއަށް!

13:31: ހެކިވެރިޔާގެ ވާހަކަތަކާއި ގުޅިގެން، ރައީސް ޔާމީން ވެސް ވަނީ އޭސީސީގެ ރައީސް މުއައްވިޒް އާއި ސީދާ ސުވާލުތަކެއް ކުރައްވާފައެވެ.

 

13:31: ރައީސް ޔާމީން ދެއްވި ބަޔާން ޑްރާފްޓްކޮށް އޭސީސީއަށް ފޮނުވާފައިވަނީ ސީދާ ރައީސް އޮފީހުން ކަމަށް މުއައްވިޒު ވަނީ ހާމަކުރައްވާފައި. އެސްއޯއެފްގެ ސީދާ ތަހުގީގެއް ނުކުރާއިރު، އޭގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަނޑައެޅީ ކިހިނެއްތޯ ވެސް ޔާމީން ވަނީ ސުވާލުކުރައްވައިފަ އެވެ.

 

13:37: އެސްކްރޯ އެކައުންޓްގެ އެއްބަސްވުމުގެ މުއްތަދުވަނީ މާރޗްމަހުގެ ތެރޭގައި ހަމަވެފަ- ރައީސް ޔާމީން

 

13:37: އެ މުއްދަތުގެ ތެރޭގައި ތަހުގީގު ނިންމުނުތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވީ ތަހުގީގު ނުނިންމުނީ އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއް ކަމުން ކަމަށެވެ.

 

13:41: އެކްސްކްރޯ އެކައުންޓަށް އެ ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާކަމަށް ރައީސް ޔާމީންގެ ފަރާތުން އޭސީސީގެ ސަމާލުކަމަށް ގެނައީ އޭރުގެ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

 

13:47: އެސްކްރޯ އެކައުންޓެއް ހެދުމުގަ އެޓާރނީ ޖެނެރަލްގެ ލަފައެއް ހޯއްދެވިންތީ ޣާޒީ ހައިލަމް މުއައްވިޒް އާއި ކުރެއްވި ސުވާލަށް ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ ލަފައެއް ހޯދާފައި ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން