ރައީސް ޔާމީންގެ ޝަރީއަތް: ދެން އަންނަ ޝަރީއަތެއްގައި އިތުރު ހެކީންގެ ހެކިބަސް ނެގުމަށް ނިންމާ، މިއަދުގެ އަޑުއެހުން ނިންމާލައިފި!

ކިޔުމަށް ހޭދަވާނީ 44ސ
ރައީސް ޔާމީންގެ ޝަރީއަތް: ދެން އަންނަ ޝަރީއަތެއްގައި އިތުރު ހެކީންގެ ހެކިބަސް ނެގުމަށް ނިންމާ، މިއަދުގެ އަޑުއެހުން ނިންމާލައިފި!

13:51: އިސްލާމިކް ބޭންކުން އެ ތަހުގީގަށް ފުރަތަމަ އެއްބާރުލުން ނުދޭކަމަށް އޭސީސީގެ ރައީސް މުއައްވިޒު ވިދާޅުވިއެވެ. އެކްސްކްރޯ އެއްބަސްވުން އެކުލަވާލުމުގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯދާފައިނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީއަތަށް ކަންތައްތަކެއް ސާފުކުރުމަށް ގާޒީ ހައިލަމް ގެންދެވީ މުއައްވިޒުއާ ގިނަ ސުވާލުތަކެއް ކުރައްވަމުންނެވެ. އަދި ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރަން އޭސީސީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނު ނަމަވެސް، ވަކި ގޮތަކަށް ނިންމާފައިނުވާކަމަށް މުއައްވިޒު ހާމަކުރެއްވި އެވެ.

 

13:53: މިއަދު ޝަރީއަތަށް ހާޒިރުކުރެވުނު ހެކީގެ ހެކިބަސް ނަގައި ނިންމައި، ދެން އަންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ހެކީންގެ ހެކިބަސް ނަގާނެކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

މިއަދުގެ ޝަރީޢަތް ދެ ގަޑިއިރާއި 55 މިނެޓު ވަންދެން ކުރިއަށް ދިޔައެވެ.

 

 

މިއަދު އޮންލައިން