އެމެރިކާގެ އެއާޕޯޓްތަކުގަ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކުރަނީ! - ސެންފްރެންސިސްކޯގެ އެއާޕޯޓުގައި މިހާރުވެސް މަނާކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
އެމެރިކާގެ އެއާޕޯޓްތަކުގަ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކުރަނީ! - ސެންފްރެންސިސްކޯގެ އެއާޕޯޓުގައި މިހާރުވެސް މަނާކޮށްފި!

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލެވޭ ޕްލާސްޓިކް ފުޅި ބޭނުންކުރުން ސެންފްރެންސިސްކޯ އެއާޕޯޓުގައި މަނާކޮށްފިއެވެ. ޚަބަރުތައް ބުނާ ގޮތުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެމެރިކާގެ މައި އެއާޕޯޓުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކުރާނެއެވެ. 

ތިމާވެށީގެ މައްސަލަތަކަށް ބީރުކަންފަތެއް ދީގެން ދިގު ޒަމާނެއްގައި އޮތުމަށްފަހު އެމެރިކާއިމން މިހާރު އަންނަނީ ސަމާލުކަން އިތުރުކުރަމުންނެވެ. ނޯތްޕޯލުން ވިރެމުންދާ އައިސްތަކާއިއެކު އެމެރިކާ އާއި ކެނެޑާ މިހާރުވެސް ވަނީ ވަރަށް ބޮޑު ނުރައްކަލުގެ ތެރޭގައެވެ. 

2009 ވަނަ އަހަރުން ފެށިގެން ބަލައިފިނަމަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެމރިކާއަށް އަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

 

މިއަދު އޮންލައިން