އެމެރިކާގެ 2 ސިޓީއެއްގައި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ދިން ބަޑީގެ 2 ހަމަލާއެއްގައި 29 މީހުން މަރާލައިފިއެވެ.
ހޮނިހިރު ދުވަހު 2 މީހަކުވެގެން ޓެކްސަސްގައި ބަޑިން ދިން ހަމަލާއެއްގައި ވަނީ 20 މީހުން މަރާލައިފައެވެ. އާދީއްތަ ދުވަހު އޯހިއޯގައި މީހަކު ބަޑިން ދިން ހަމަލާއެއްގައި ވަނީ 9 މީހުން މަރާލައިފައެވެ. ފުލުހުންވަނީ އެމީހާ ހަމަލާދޭން ފެށިތަނުން އެމިހާއަށް މަރާލައިފައެވެ.
ހަމަލާތައް ދިން ސަބަބުގެ ތަފްޞީލް އަދި ހާމައެއް ނުކުރެއެވެ.