ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 59ސ
ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ނ. މާޅެންދޫ، މާވިނަ، ސަފްރާޒް އިބްރާހީމް (32އ) އެވެ.

ސަފްރާޒް އިބްރާހީމް ހޯދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ޚަރަދަށް ފައިސާ ނުދެއްކުމުގެ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2019 އޯގަސްޓް 25 ވަނަ ދުވަހު 10:30 އަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ ސަފްރާޒް އިބްރާހީމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ  ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން