އަދީބް ދޫނިދޫ ޖަލަށް! އިތުރު މައުލޫމާތު ފުލުހުން މިއަދު ހާމަކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އަދީބް ދޫނިދޫ ޖަލަށް! އިތުރު މައުލޫމާތު ފުލުހުން މިއަދު ހާމަކުރާނެ!

ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤަވާއިދުތަކާއި ޤަރާރުތަކާއި ޚިލާފަށް ރާއްޖެއިން ފުރައިގެން ގޮސް އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލައިގައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާ ސިފައިން އަތުލަގަތް އަދީބް ރޭ މާލެ ގެނެސް ބަންދުގެ މުއަދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދުކުރުމުގެ އިޖުރާތުތައް ފުރިހަމަ ނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އަދީބް ދޫކޮށްލައިފައެވެ.

"އަދީބް ދިވެހި ސަލާމަތީ ބާރުތަކުގެ ދަށަށް ގެނެވުނީ ރާއްޖޭގެ ސަރަހައްދުންތޯ؟ މިހާރު އަދީބު ހައްޔަރުކޮށްފައިވަނީ އިޖުރާތުތައް ފުރިހަމަކޮށްގެންތޯ؟ ކުރި ސުވާލުތަކަށް ފުލުހުން ވިދާޅުވީ މިއަދު ބަޔާނެއް ނެރެ ޖަވާބު ދިނުމަށް އުންމީދުކުރާ ކަމަށެވެ.

މިއަދު އޮންލައިން