މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވަނީ

ކިޔުމަށް ހޭދަވާނީ 39ސ
މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މާދަމާ ބާއްވަނީ

 

 

މީރާގެ 9 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ "ޓެކްސް ވީކް" ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތުދީފިއެވެ. މިއީ، މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، މީރާގެ އޯކިޑް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރުވުމަށް މީރާއިން އެކި އެކި މުއައްސަސާތަކާއި އާންމުންނަށް ދައުވަތު އަރުވާފައިވެއެވެ.

މިއަދު އޮންލައިން